މުޅި ރައްޔިތުން ރަހްނު ކޮށްފައި ނެނގި ލޯނުތައް ދެއްކޭނެ ގޮތެއް ރައީސް އިބުރޭ ބޮލަކު ނެތް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެން އަމުރް ވިދާޅުވެއްޖެ އެވެ.
މިއަދު ލ. ހިތަދުއަށް ވަޑައިގެން ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން އަމުރް ވިދާޅުވީ މިފެށޭ އަހަރު ވެސް ސަރުކާރުން ލޯނަށް ވަރަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށާއި އަދި 2026 ވަނަ އަހަރު މާބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ.
ދަރަނީގެ ހާލަތު @HusenAmr
ލ. ހިތަދޫ pic.twitter.com/zVBNHqTFf1
— Luke (@lucasjalyl) September 2, 2023
އަމްރް ވިދާޅުވީ ލޯނު ދައްކަން ސަރުކާރުން ކުރާހާ ވެސް ކަމަކީ ދިވެހި ރުފިޔާ ޗާޕް ކުރުން ކަމަށާއި އެހެންނަމަވެސް ދަރަނި ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް އިބުރޭގެ ސަރުކާރުން ނެނގި ބިޔަ ބޮޑެތި ލޯނުތަކަކީ ނުރައްކަލެއް ކަމަށާއި އަވައްޓެރި ސްރީލަންކާއަށް ވެގެން ގޮސްފައިވާ ގޮތަކީ ޖޯކެއް ނޫން ކަމަށެވެ.