ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން މަގާމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާނެ ކަމަށް ޑިމޮކްރެޓިކުން ބުނެފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕާޓީގެ ވެރިކަމެއްގައި އެގޮތަށް ކަނޑައަޅާނީ ގާނޫނަށް ގެނެވޭ ބަދަލަކުން ނެވެ.
ޑިމޮކްރެޓިކު ޕާޓީން މެނިފެސްޓޯގައި މިގޮތަށް ހިމަނާފައިވާއިރު ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދަނީ ރައްޔިތުންގެ އިތުބާރު ގެއްލުމުން މަގާމުން ކައުންސިލަރުންނާއި މެމްބަރުން ވަކި ކުރެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ވަކާލާތު ކުރަމުން ނެވެ.
ގުޅުންހުރި ލިޔުންތައް