ރައީސް އިބުރޭ އަކީ މުނާފިގެއް ކަމަށް ނުދަންނަވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ އާއި މައުހަދުން ކިޔަވާ ވިދާޅުވި އަމްރު މިރޭގެ ޖަލްސާގައި ވަނީ މުނާފިގުންނާއި ބެހޭ ހަދީސެއް ކިޔާފަ އެވެ.
އަރަބިއްޔާ އަދި މައުހަދުގެ ކުރީގެ ދަރިވަރު، ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް @HusenAmr ގެ ވާހަކަދައްކަވަނީ #IlliAmr2023 pic.twitter.com/iiGkCU8q4l
— Luke (@lucasjalyl) September 7, 2023
އަމްރް ވިދާޅުވީ މުނާފިގުންގެ ސިފަ ތިނެއް ކަމަށާއި މުނާފިގެއް ނަމަ ވައުދާއި ހިލާފް ވާނެ ކަމަށާއި އަމާނާތަށް ހިޔާނާތް ވާނެ ކަމަށާއި އަދި ވާހަކަ ދައްކާނަމަ ދޮގު ހަދާނެ ކަމަށެވެ.
އަމްރް ވިދާޅުވީ މީހަކާއި ކަމެއް ހަވާލު ކުރާއިރު އެމީހެއް ކުރިން އެކަން ކުރިގޮތާއި ކުރަމުންދާ ގޮތް ބަލަން ވާނެ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް