ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް އޭއައި ކެބިންކުރޫ ސަމާ ގަތަރުން ދައްކާލައިފި
ދެންމެ | 06 މެއި 2024

ގަތަރު އެއާވޭސް އިން ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުން 9 އަށް ބާއްވާ އަހަރީ މައުރަޒުގައި އޭއައި ކެބިންކުރޫ ސަމާ 2.0 ދައްކާލާނެ އެވެ

ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވާ ފަރާތްތަކަށް ދުނިޔޭގެ ފުރަތަމަ އޭއައި އިން ޚިދުމަތްދޭ ކެބިން ކްރޫގެ ދެވަނަ އިޓަރޭޝަނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ހާއްސަ ފުރުސަތު ލިބިގެންދާނެ އެވެ. ޒިޔާރަތްކުރާ ފަރާތްތައް ރިއަލް ޓައިމް ވާހަކަތަކުގައި ބައިވެރިކޮށް، ޕާސަނަލައިޒްޑް ޓްރެވަލް އެކްސްޕީރިއަންސް ކްރާފްޓްކުރުމާއި، ޑެސްޓިނޭޝަން އިންސައިޓްސް ފޯރުކޮށްދިނުމާއި، ސުވާލުތަކަށް އެޑްރެސްކުރުމާއި، ސަޕޯޓް ޓިޕްސް ހިއްސާކުރުމާއި، އެހެނިހެން މުއާމަލާތްތަކުގައި ސާމާ 2.0 އިން އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

މީގެ އިތުރުން ގަތަރު އެއާވޭސްގެ ޕެޓްރޯނަރުންނަށް ކުންފުނީގެ ޑެޑިކޭޓެޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސާމާ 2.0 އާ ވާޗުއަލްކޮށް ގުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ތަރައްޤީގެ ސިކުނޑިއަށް އަންނަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ސަމާލުކަން ހޯދި އެހެން އިންސާނެއް ފަދަ ރޮބޮޓެއް ކަމަށްވާ ސޯފިއާގެ ފާހަގަކޮށްލެވޭ ދަތުރެވެ. ފާހަގަކޮށްލެވޭ ކަމަކީ ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރު ސޯފިޔާއަށް ރައްޔިތުކަން ދިނުމުން ސުރުޚީތަކުގެ ތެރެއަށް ވަދެ، އިންސާނުންނާއި ރޮބޮޓްތަކުގެ ގުޅުމުގައި ތާރީހީ މުހިންމު ކަމެއް ފާހަގަކޮށްލެވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!