ރައީސް އިބުރޭ މާލޭ މީހުންނަށް ގޯތި ދިނީ ގާނޫނާއި ހިލާފަށް: ކުރީގެ ޕީޖީ މުއިއްޒު
ދެންމެ | 17 މެއި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ސަރަހައްދުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ސަރުކާރުން ދޫކުރާ ގޯތިތައް ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ދިނުން ލާޒިމުވާނެ ގޮތަށް ބިމާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާމެދު އަލުން ވިސްނުމަށް އެދި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ނުރުހުންވެ އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ބިލު އަނބުރާ ފޮނުއްވާލެއްވުމުން މީކާއީލު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރައި ފޮނުއްވައިލެއްވުމުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަވަސް މުސްތަޤުބަލެއްގައި ހަވާލުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތްކަން ސާފުވާ ކަމަށް ވިދާޅުވެ ނުރުހުންފާޅުކުރައްވާފައެވެ.

އެ ޕޯސްޓަށް ރައްދުދެއްވައި މުޢިއްޒު ވަނީ އެ ގޯތި ތަކަކީ” ޤާނޫނީ ހަމައަކުން ދޫކޮށްފައިވާ ގޯތިތަކެއް ނޫން“ ކަމަށް ވިދާޅުވެފައެވެ.

މީކާއީލު ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި ޤާނޫނުގައި ބުނެފައިވާ ގޮތުން އެ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ގޯތި ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައިވާނަމަ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ތެރޭގައި ގޯތި ހަވާލުކުރަންވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!