ވިއްސާރައިގައި ހުޅުމާލޭ ގަސްތައް ’ވެރޭ‘ ކަމަށް ފުލުހުން ބުނެފި
ދެންމެ | 17 މެއި 2024

ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ގަސްތައް ވެރެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

”ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެރި އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ރައްކާތެރިވުމަށް ދަންނަވަން.

އަދި މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކުރަން.

އަދި ހަމައެހެންމެ ކަނޑުދަތުރު ކުރެއްވުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރަން.“ ފުލުހުންގެ ބަޔާން.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!