މޫސުން ގޯސްވުމުން، ރައީސްގެ ލަފާފުޅަށް ސުކޫލު ކިޔެވުން 2 ގަޑިއިރަށް ހަމަޖައްސައިފި
ދެންމެ | 23 މެއި 2024

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާތީ އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ތިން ގަޑިއިރަށް ފައްތަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑު ގަަދަވުމުން ދަތުރުކުރުމަށް ބުރުއަރާފައިވާތީ މޫސުމީ ހާލަތަށް ބަލައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ކޮންމެ ދަންފަޅިއެއް ވެސް 2-3 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އެދެ އެވެ.

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، މި މަހުގެ މެދުތެރެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، ކަނޑު ދަތުރު ކުރުމުގައި ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!