ފަލަސްތީނަށްޓަކައި ގުނޫތު ކިޔުމަށް އަންގައިފި
ދެންމެ | 29 މެއި 2024

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުން އެ ގައުމުގެ ރައްޔިތުން ސަލާމަތްކޮށް ދިނުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.y

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދުގެ ރަސްމީ އެކައުންޓުން ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާގުޅިގެން، މިއަދުން ފެށިގެން މައުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.

”މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު“ މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސައެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!