ސިޑްސް ހީރޯގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގަންނަވަނީ
ދެންމެ | 30 މެއި 2024

ސިޑްސް ހީރޯގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންނެވުމަށް ފުރައިވަޑައިގެންފި އެވެ.

ސިޑްސްގެ މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ ވަރަށް ބޮޑަށް ތަފާތު ދައްކަވާފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ގިނަ ލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބައްދަލުވުމުގެ ހީރޯ އަކީ ރައީސް ޑރ. މުއިއްޒެވެ.

މިފަހަރުގެ ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ހުށަހެޅުމުގެ އިތުރުން ހުށަހެޅުނު ކަންތައްތައް ހާސިލް ކުރުމަށް ރައީސް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުތަކުގައި ރާއްޖއަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަ ކުރައްވާފައި ވެއެވެ. އަދި އަމިއްލަ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރުމަށް ގޮވާލައްވާފައި ވެއެވެ.

އެމަނިކުފާނު ވަނީ އެކިއެކި ގައުމުތަކުގެ ވެރިންނާއި ތަފާތު ފޯރަމްތަކުގައި ބައްދަލު ކުރައްވައި ވިޔަފާރީގެ ގޮތުންނާއި އެހެންވެސް ގޮތް ގޮތުން ރާއްޖެއާއި ގުޅުންތައް ގައުމުތަކާއި ބަދަހި ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ.

މި ބައްދަލުވުމަކީ ތާރީހްގައި ވެސް ދިވެހި ވެރިއަކު މި ފޯރަމްގައި މިހާ ބޮޑަށް މަސައްކަތް ކުރެއްވި ފޯރަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!