މީދޫއަށް ނަށަން ގެންދިޔަ އަންހެނަކު މިސްކިތެއްގައި ނެށި މައްސަލައެއް ބަލަން ފަށައިފި
ދެންމެ | 22 ޖޫން 2024
ރ. މީދޫގައި އަންހެނަކު މިސްކިތެއް ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިސްކިތުގައި ޓިކްޓޮކް ކުޅުނީ އީދަށް އެ ރަށަށް ގޮސްއުޅުނު އަންހެނެއް ކަމަށެވެ.

އޭނާއަކީ މީދޫއަށް އީދު ޝޯދިނުމަށް ގޮސްތިބި ގުރޫޕެކަށް ނިސްބަތްވާ އަންހެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މައްސަލަ ބަލަމުން އަންނަކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!