މެންދުރުވެގެން އަންނައިރު ކިލާސްތެރޭގެ ހޫނުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ސައިންސް ޓީޗަރު ބޯޑު ކައިރީގަހުރެ އެއްއަތުން ނިއްކުރިމަތީގަ ހުރި އޮށްދާތަށް ފުހަމުން އަނެއް އަތުން ޗޯކުބުރި ހުސްކުރަނީއެވެ. އެއްބަޔަކު ފެންބޯން ދާން ގޮވަނީއެވެ. އަނެއް ބަޔަކު ”ސަރ! މޭ އައި ގޯ ޓު ޓޮއިލެޓް“ އޭ ގޮވަނީއެވެ. ބޭނުމަކީ ކޮންމެހެން ފެންބޯން ނުވަތަ ފާހާނައަށް ދިއުމެއް ނޫނެވެ. ހޫނުގަނޑުގެ ތެރެއިން ކުޑައިރުކޮޅަކަށް ނަމަވެސް ސަލާމަތް ވުމެވެ.
ކުއްލިއަކަށް އެފެށުނީ ދިވެހި ގަޑިއެވެ. ދިވެހި މިސް ސަލާމް ގޮވާލެއްވުމަށްފަހު ދެން ބުނުއްވާނީ ހުރިހާ ކުދިން ގޮނޑިހިފައިގެން ބޭރަށް ދިއުމަށެވެ. ދެނަކާ ދެނެއް ނެތެވެ. ގޮނޑިތައް ބޮލަށް ލައިގެން ބޭރަށް ނުކުމެ އެންމެ ހިޔާބޮޑުހެން ހީވާ ގަހެއް ދަށުގަ ވަށްބުރަކަށް އިށިންނާނެއެވެ.
އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ފަށާނެވެ. ހިތްހަމަޖެހިލައިގެންތިބެ ”އައުޓްޑޯ“ ގަ ކިޔަވާލަން ލިބުނު ދުވަސްތަކަކީ ސްކޫލް ދައުރުގަ ”އެކްސްޕީރިއަންސް“ ކުރެވުނު ވަރަށް ”ހެޕީ މޮމެންޓް“ ތަކެކެވެ. އެ ”ލެސަން“ ތައް ”މެމޮރީގަ“ މާ ”ލޯންގޓާމް“ ކޮށް ހަރުލާފަ ހުންނަކަން ފާހަގަކުރެވެއެވެ.
ސްކޫލަށްދާ ކޮންމެ ދުވަހަކުވެސް ސްކޫލް ތެރޭގެ ނުވަތަ އައްސޭރީގެ ބޮޑުގަހެއްގެ ދަށުގަ ”ސާކަލް“ ހަދާލައިގެން ތިބެ ކިޔަވާލަން ލިބޭތޯ އަބަދުވެސް ”ލުކްފޯވާރޑް“ ކުރެވެއެވެ.