ފާތުމަގެ ސަދަގާތް ފައުންޑޭސަންގެ ތޫތު ބުރިކުރުމާއި ހައްޖު ކޯޓާތައް މިއަދު ކޮބާ؟: އަދުރޭ
ދެންމެ | 24 ޖޫން 2024

ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުމަތުގެ ސޮދަގާތް ފައުންޑޭޝަނުގެ ހިތާނީ ސީޒަނާއި ސަރުކާރުގެ ހައްޖު ކޯޓާއިން ހިންގެވި ވައްކަން ކޮބައިތޯ އަދުރޭ ސުވާލުކޮށްފި އެވެ.

ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ،ވަކި މީހެއްގެ ނަން ވިދާޅުނުވެ، ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އޮތްކަމަށްް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުވެސް ހުންނެވި ވެރިކަމެއް 2018 ގައި ވެއްޓިގެ ދިޔައީ ވައްކަމާއި ހިޔާނާތަށް ނޫނެކޭ ނުބުނުމުންކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވާ ހިންގެވި ”ސަދަގާތް ފައުންޑޭޝަން“ ބައެއް ކަންކަމުގެ ވާހަކަ އަޑަށްް ބާރުލައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

”ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން ސަތޭކަ ފަންސާސް، ދުއިސައްތަ ކޯޓާ ނަގައިގެން ކުރި ކަންތައް ކީއްވެތޯ މިއަދު ނުކުރަނީ؟ ކޮބައިތޯ މިއަދު ސޮދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯ ވީ؟ ކީއްވެތޯ ހިތާނީ މޫސުން ނުގެންނަނީ؟.“ އަބްދުއްރަހީމް ސުވާލުކުރެއްވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!