ޖަމަލް ކިރުގެ ފައިދާ އިނގޭ ނަމަ އެހެން ކިރެއް ނުބޯނެ!
ދެންމެ | 24 ޖޫން 2024

ޖަމަލަކީ ހަމައެކަނި ދަތުރުފަތުރަށް ބޭނުންކުރާ އެއްޗެއް ކަމަށް ހީވިޔަސް، މެދުއިރުމައްޗާއި އޭޝިއާގެ ސަގާފަތްތަކާއި އެފްރިކާގެ ސަގާފަތްތަކުގައި މީހުން ޖަމަލުގެ ކިރު ބޯތާ ގަރުނުތަކެއް ވެއްޖެ އެވެ.  ހަގީގަތުގައި އެއީ ވަރަށް ގިނަ ބަޔަކު ހޯދާ އެއްޗެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 5.3 މިލިއަން ޓަނުގެ ޖަމަލް ކިރު އުފައްދާއިރު، ގިނައިން އުފައްދަނީ ސޯމާލިއާ އިންނެވެ.

އެހެން ބާވަތްތަކުގެ ކިރުތަކާ ހިލާފަށް ޖަމަލުގެ ކިރުގައި ހަކުރު އާއި ކޮލެސްޓްރޯލްގެ މިންވަރު މަދުވެ، ވިޓަމިންސް އާއި މިނަރަލްސް ގިނަ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން ޕޮޓޭސިއަމާއި ދަގަނޑާއި ކޮޕަރ އާއި މެގްނީޒިއަމް އާއި އެވެވިޓަމިން ސީ އަދި ކެލްސިއަމް ހިމެނެއެވެ.

 

ނިއުޓްރިޝަންގެ މައުލޫމާތު

ޖަމަލުގެ ކިރުގައި އެންޓިއޮކްސިޑެންޓް ގިނައިން ހުރުމުން ކެންސަރާއި ހަކުރުބަލި އަދި ހިތުގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!