ސީސީސީ ރޭޓިންގ އަކީ ނުރައްކާ ބޮޑުކަން އަންގަދޭ ވަރުގަދަ އިންޒާރެއް: އާސިޔާ
ދެންމެ | 27 ޖޫން 2024

ސީސީސީ ރޭޓިންގްސްއަކީ ނުރައްކާ ބޮޑުކަން އަންގަދޭ އިންޒާރުގެ ނިޝާނެއް ކަމަށް ފައިނޭންސް ދާއިރާގެ އިސްމަގާމްތަކެއް ފުރުއްވާފައިވާ އާސިޔާ ވިދާޅުވެއްޖެ އެވެ.

އާސިޔާއަކީ އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސްޓާފޯޑް ޝަޔަރ އިން މާސްޓަރ އޮފް ފައިނޭންސް ހާސިލްކޮށްފައިވާ ބޭކަނބަލެކެވެ.

ބޭންކިންގ ދާއިރާގެ ވެސް އިސްމަގާމްތަކެއް ފުރުއްވާފައިވާ އާސިޔާ ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ފިޗުގެ ރިޕޯޓުން ހިމެނޭ މުހިއްމު ދެ ކަމެއް ފާހަގަ ކުރައްވާފަ އެވެ.

 

ކީ ރޭޓިންގ ޑްރައިވަރސް:

1. ބަލިކަށި އެކްސްޓަރނަލް ބަފަރސް: ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުވެސް ރާއްޖޭގެ ފޮރިން ރިޒާވްއޮންނާނީ ބޮޑު ސްޓްރެސްއެއްގައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 748 މިލިއަން ޑޮލަރުގައި ހުރި ރިޒާވް 2024 ވަނަ އަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރަށް ދަށްވުމަކީ ކަރަންސީ އެކައުންޓް ޑެފިސިޓް (ސީއޭޑީ) ދިގުދެމިގެންދާ ކަމާއި، ކަރަންސީ ޕެގަށް އެހީތެރިވުމަށް ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ އިންޓަރވެންޝަންތަކާއި، 100 މިލިއަން ޑޮލަރުގެ ސްވޮޕް އެރޭންޖްމަންޓް އަނބުރާ ދެއްކުމެވެ. ކުރު މުއްދަތުގެ ބޭރުގެ ދަރަނިތަކުން ސާފު ޖުމްލަ ފޮރިން ރިޒާވް ވަރަށް ބޮޑަށް ދައްވެ ރިޒާވްވެއްޓިފައިވަނީ 73 މިލިއަން ޑޮލަރަށެވެ.

2. ލިކުއިޑިޓީ ޕޮޒިޝަންތައް ގޯސްވަމުންދިއުން: މިހާރު ބޭރުގެ ފައިސާ ދެއްކުމުގެ ފޮރިން ރިޒާވް ކަވަރޭޖް 2024 ވަނަ އަހަރު 0.9 މަސްދުވަހު ދަށްވާނެ ކަމަށް ލަފާކުރާއިރު، މިއީ ޕްރޮޖެކްޓް ކުރެވިފައިވާ ’ބީ‘ މީޑިއަން 4.2 މަސްދުވަހަށްވުރެ މާ ދަށް އަދަދެކެވެ. ސަރުކާރުން 2024 ވަނަ އަހަރު ދައްކަންޖެހޭ ސޮވަރިން އެކްސްޓަރނަލް ޑެޓް ސާވިސިންގ އޮބިލިޓީސްގެ ގޮތުގައި 233 މިލިއަން ޑޮލަރު އަދި ޕަބްލިކް ގެރެންޓީޑް އެކްސްޓަރނަލް ޑެޓް ސާވިސިންގ އޮބިލިޓީސްގެ ގޮތުގައި 176 މިލިއަން ޑޮލަރު ހުރިއިރު، ޖުމްލަ އެކްސްޓަރނަލް ޑެޓް ސާވިސިންގ 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި 2026 ވަނަ އަހަރު 1.0 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެއެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުން ހިމެނޭއިރު، މިއީ ސަރުކާރުގެ ބޭރުގެ ލިކުއިޑިޓީއަށް ޕްރެޝަރު ބޮޑުވާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!