އުސޫލުން ބޭރުން އޮށް ހޮވާ ނަމަ ފިޔަވަޅު އަޅަން އަންހެނުން ކޮމެޓީން ނިންމައިފި
ދެންމެ | 15 ޖުލައި 2024

ކަނޑައަޅާފައި އޮންނަ ދުވަހުގެ އިތުރަށް އެހެން ދުވަސްތަކުގައި މިދިލި އޮށް ހޮވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އިނގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ނިންމައިފިއެވެ.

އިނގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ބުނީ އެކޮމެޓީގެ ފަރާތުން އެރަށުގެ ގިނަ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި މިދިލިއޮށް ހޮވުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ މަހެއްގެވެސް އެއްދުވަހު އޮށް ހޮވުމަށް ވަނީ ކަނޑައެޅިފައިކަމަށެވެ. ނަމަވެސް އިތުރު ދުވަސް ތަކުގައި ބައެއް ފަރާތްތަކުން އޮށް ހޮވަމުން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިކަން މިގޮތަށް ކުރަމުން އަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށާއި، ރައްޔިތުންވެސް މިފަދަ ފަރާތްތަށް ރިޕޯޓްކޮށްދިނުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިންވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!