ގަރުދިޔަ ބަތަށް ޖޯކްޖަހާ މަލާމާތް ކުރިއަސް އަލީ އާރިފް ވިދާޅުވީ ހައްޤު ތެދު!
ދެންމެ | 16 ޖުލައި 2024
ގަރުދިޔަ ބަތަށް ޖޯކްޖަހާ މަލާމާތް ކުރިއަސް އަލީ އާރިފް ވިދާޅުވީ ހައްޤު ތެދެވެ. ޒަމާނުންސުރެ ނަނގަމުން އައި ދަރަނީގެ ސަބަބުން ގައުމުގެ މާލީ ހާލަތު ވަނީ ނުރައްކަލުގެ ތެރެއަށްޓިފަ އެވެ.
ރައްޔިތުންގެ ތެރޭގައި އަށައިގެންފައިވާ ރެސްޓޯރެންޓުން ކެއުމާއި ދިވެހިންގެ ކަންނެތް ދިރިއުޅުމުގެ ކެއުމުގެ ވައްޓަފާޅި ބިނާވެފައި އޮންނަނީ އަގު އަގު ބޮޑު ރެސްޓޯރެންޓްތަކުގެ ޓޭކް އަވޭ މެނޫ ތަކަށެވެ.
ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީސް މިނިސްޓަރ އަލީ އާރިފް ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށް ވާހަކަ ދެއްކުމުން ބަޔަކަށް ހަޖަމް ނުވި ނަމަވެސް އެއީ ފިސާރި ތެދެވެ.
”މި ދުވަސްވަރު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއުން ހުއްޓާލާ, ކޮންމެ ވެސް ވަަރަކަށް އަމިއްލައަށް ގޭގައި ކައްކައިގެން, ގަރުދިޔާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް އައުން“ އާރިފް ވިދާޅުވީ ބައްޔެއް ވުމުން ޝިފާ ހޯދަން ހިތި ބޭސް ބޯން ޖެހިއްޖެނަމަ އެކަން ކުރާ ކަމަށާއި މިއަދު ރައްޔިތުން އެފަދަ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

މާލީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމަށާއި، މިއަދު ދިރިއުޅުމުގެ ޚަރަދު ކުޑަކޮށް މުސްތަޤްބަލަށް ރައްކާކުރަން ޖެހޭ ކަމަށް ކާމިޔާބު ޓްރެވަލް އޭޖެންސީ، އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ވެސް ތާއީދު ކުރައްވަ އެވެ.

ފިރާގް މިގޮތަށް ވިދާޅުވެފައި މި ވަނީ ޕީއެންސީން  ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ”އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭ ކެއުން ހުއްޓާލާ، ކޮންމެވެސް ވަރަކަށް ގޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔަ އާއި ބަތާ ކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވާން ޖެހޭ“ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ވިދާޅުވުމާ ގުޅިގެން، ސޯޝަލް މީޑިޔާގައި އެބޭފުޅާއަށް މަލާމަތްކޮށް ފުރައްސާރަކުރަމުންދާ ދަނޑިވަޅެއްގައެވެ.

މުޙައްމަދު ފިރާޤު ފެސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންފްލޭޝަން އިތުރުވުމާއި، އިޤްތިޞާދު ދަށްވަމުން އަންނަކަން ޤަބޫލުކޮށް، އަވަސް އަދި ސްޓްރެޓެޖިކް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އަޅުގަނޑުމެންގެ މާލީގޮތުން ބޮޑެތި މައްސަލަ އަދި ހަމަ ތަދުމަޑުކަމަކާ ވެސް ކުރިމަތިލާން ޖެހުމަކީ އެކަށޭނަ ކަމެއް ކަން ޤަބޫލުކޮށް އަޅުގަނޑުމެން އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

”ޖޯކަކަށް ނެންގެވިޔަސް ހަގީގަތަކީ މިއަދު ދިރިއުޅުމުގެ ހަރަދު ކުޑަކޮށް މުސްތަގުބަލަށް ރައްކާކުރަން ޖެހޭ ކަން. އަޅުގަނޑުމެން މިކަމާ މެދު ލުއިކޮށް ކަންތައް ކުރެވިދާނެ ނަމަވެސް، ހަގީގީ ހާލަތަކީ ގައުމަށް ބިރުވެރި ކަމެއް. ތަދު ދުވަސް ތަކެއް ކުރިމަތި ލާން ޖެހިދާނެ ކަން، އިންފްލޭޝަން އިތުރުވުމާއި، އިޤްތިޞާދު ދައްވަމުން އަންނަކަން، އަވަސް އަދި ސްޓްރެޓެޖިކް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އަޅުގަނޑުމެންގެ މާލީގޮތުން ބޮޑެތި މައްސަލަ އަދި ހަމަ ތަދުމަޑުކަމަކައި ވެސް ކުރިމަތިލާން ޖެހުމަކީވެސް އެކަށޭނަ ކަމެއް އަޅުގަނޑުމެން އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ.“ ފިރާޤް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!