ގަވަރުނަރު ކަމަށް ހާސިމް ނާގާބިލް ކަމުން ވަކި ކުރަން ނިންމައިފި
ދެންމެ | 17 ޖުލައި 2024

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ގަވަނަރުގެ ހައިސިއްޔަތުން ހާޝިމްގެ ފަރާތުން ދޭން ޖެހޭ އެއްވެސް ލަފައެއް އަދި އިރުޝާދެއް އަރުވާފައި ނުވާތީ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން ފުރުސަތު ދީ، ކޮމިޓީއަށް ހާޒިރުވާން ހާޝިމަށް އެންގި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަމަށް އެންގެވި އެވެ. އެކަމަކު މިއަދުގެ 11:00 އަށް ބައްދަލުވުން ތާވަލު ކުރީ އެންމެ ފަހު ފުރުސަތުކަމަށް ނިންމުމަށް ފަހު އެވެ.

އެހެންވެ ދެން އިތުރު ފުރުސަތެއް ދިނުމަކާއި ނުލައި، ކޮމިޓީން ހާޝިމް މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ވެސް ނާޒިމެވެ. މެމްބަރުންގެ ތާއީދު، އެ ހުށަހެޅުމަށް ލިބި ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!