ސްޕާތައް ރޭޑް ކުރަން ފެށުމުން މަސާޖް 💆‍♂️ ކުރުން VIP ކޮށް ޕްރައިވެޓް ރޫމްތަކަށް!
ދެންމެ | 19 ޖުލައި 2024

ބިދޭސީން ބޭނުންކޮށްގެން މަސާޖުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ވާހަކަ އަކީ މިފަހަކަށް އައިސް ވަރަށް ގިނައިން ދެކެވޭ މަޝްހޫރު ވާހަކައެކެވެ. އަދި ދޭތެރެ ދޭތެރެއިން ބައެއް ތަންތަން ފުލުހުން ބަލާ ފާސްކޮށް ބައެއް މީހުން ހައްޔަރު ވެސް ކުރެވެއެވެ. މިކަން ކަމާ ގުޅިގެން ކުރިން ހިންގަމުން ގެންދިޔަ ބައެއް މަސާޖުޕާލާތައް މިހާރު ވަނީ ބަންދު ކޮށްފައެވެ.

މިހާރު ފެންނަނީ އެހެން މަންޒަރެކެވެ. ވަކި ވަކި ފަރުދުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެވެ. ފޭސްބުކާއި، އިންސްޓަގްރާމާއި، ވައިބަރ އަދި ވަޓްސްއެޕް އެކައުންޓްތައް ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރިކުރާ މަންޒަރެވެ.

މިކަން ޔަޤީންކުރުމަށްޓަކައި އެފަދަ ބައެއް ފަރާތްތަކަށް މިނޫހުގެ ފަރާތުން ގުޅާލުމުން އެމީހުންގެ ޚިދުމަތްތަކާއި އަގުތައް ޙިއްސާކޮށްފައި ވެއެވެ. އެގޮތުން އެމީހުން ވިއްކާ ޕެކޭޖުތަކެއް ވަނީ ކިޔައިދީފައެވެ. އެފަދަ ބައެއް ޕެކޭޖްތަކުގައި ހަށިވިއްކުމުގެ އިތުރުން އެއްގަޑި އިރުގެ ފުލްބޮޑީ މަސާޖަށް ނަގަނީ 1500 އާއި 2000 ރުފިޔާ އާއި ދެމެދުގެ އަގެއް ކަމަށް ބުނެފައި ވެއެވެ.

މިފަދަ ބައެއް އެކައުންޓްތައް ފޭސްބުކްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހިންގަމުން އެބަދެއެވެ. އަދި އެމީހުންގެ ކޮންޓެކްޓް ނަންބަރުގެ ގޮތުގައި ބޭނުންކުރަނީ ބޭރު ޤައުމުތަކުގެ ނަންބަރުތަކެވެ. އޭގެތެރޭގައި އެންމެ ގިނައީ ބެންކޮކް ނަންބަރުތައްކަން ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!