ޑޮކްޓަރުން ދަނޑުވެރިއެއްގެ ބުރީ ލޯވަޅުން 16 އިންޗީގެ ގިއްސާއެއް ނަގައިފި
ދެންމެ | 24 ޖުލައި 2024

ޑޮކްޓަރުން ދަނޑުވެރިޔާގެ ބުރީ ލޯވަޅުން 16 އިންޗީގެ ގިއްސާއެއް ނަނގައިފި އެވެ.

ޗަތަރުޕޫރުގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުން 2 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު 60 އަހަރުގެ ދަނޑުވެރިއެއްގެ ބުރީ ލޯވަޅުން 16 އިންޗީގެ ގިއްސާ ވަނީ ނަނގާފަ އެވެ. މި ކޮމްޕްލެކްސް ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޑިސްޓްރިކްޓް ހޮސްޕިޓަލުގަ އެވެ.

ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އޭނާގެ އާއިލާއިން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާކަމުގެ ޝަކުވާއެއް އޮތުމުންނެވެ.

އެކްސްރޭ ހެދުމުން އެތެރެއިން ގޮތް ނޭނގޭ ބޮޑު އާލާތެއް ފެނިފައިވެ އެވެ. އެއީ ގިއްސާއެއް ކަމަށް އޮފިޝަލުން ބުންޏެވެ.

ޑރ. މަނޯޖް ޗައުދަރީ، ޑރ ނަންކިޝޯރ ޖަޓާވް، ޑރ އަޝީޝް ޝުކްލާ، އަދި ޑރ ސަންޖޭ މައުރިޔާގެ ޓީމުން ނިންމީ ފުރަތަމަ ތަހުލީލަށްފަހު އޮޕަރޭޝަނަކަށް ދިއުމަށެވެ.

ސާޖަރީގެ ތެރެއިން ޑޮކްޓަރުން ކާމިޔާބުކަމާއެކު އެ އެއްޗެއް ނަގާފައިވާއިރު، ބަލިމީހާ މިހާރު ވަނީ ނުރައްކަލުން ސަލާމަތްވެފައެވެ.

ގިއްސާ އެމީހާގެ ރެކްޓަމް އަށް ވަދެގެން ދިޔައީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޑރ ޗައުދަރީ ލަފާކުރެއްވި ގޮތުގައި އެއީ ބިސްގަނޑުގެ އުދަނގޫއަކާއި، ނަފްސާނީ ބައްޔަކާ ނުވަތަ އެކްސިޑެންޓަކާ ވެސް ގުޅުން ހުރި ކަމެއް ކަމަށް ވެދާނެ އެވެ. ސީދާ ހާލަތު ދެނެގަތުމުގެ ތަހުގީގެއް ދަނީ ކުރަމުންނެވެ.

އެ އެއްޗެއް އޭނާގެ ބުރީއަށް ޖަމާވި ގޮތާ ބެހޭ އެއްވެސް މައުލޫމާތެއް ބަލިމީހާ ދީފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!