ސައިލަންސަރު އަޑުގަދަކޮށް ޕަޓަޕަޓަ ލާފައި ދުއްވާ މީހުން އޮބިއަޅާނަން: މިނިސްޓަރ އިޙްސާން
ދެންމެ | 24 ޖުލައި 2024

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ މާލެ ސަރަޙައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފެށި ”މާލެ ފަހި“ މަޝްރޫޢު އިފްތިތާޙްކޮށްދެއްވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ދިވެހިރާއްޖެގައި އެބޮތް ކަމަށާއި، އެސަގާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވުޒާރާއަށް އަންގަވާފައިވާ ކަމަށެވެ.  އެހެންކަމުން ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މިކަންކަން ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މާލެ ފަހި“ މަޝްރޫޢަކީ މާލޭގެ މަގުތަކުގައި ދިމާވާ ތޮއްޖެހުމާއި، ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް އަމާޒުކޮށްގެން ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކޮށް، ޕާކިންގ ނިޒާމު ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ.

މި ކަންކަމުގެ އިތުރުން، މިހާރު މާލެ ސަރަހައްދުގައި ދުއްވަމުންދާ، އާރުޓީއެލް ބަސްތަކަކީ މަގުތަކުގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް އަދި ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ބަހަށް ދަތުރުކުރެވޭނެ ގޮތް މި މަޝްރޫޢުގެ ތެރެއިން ހަމަޖައްސެއްމަށް ވަނީ ކަނޑައެޅިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!