އައިޖީއެމްއެޗުގެ އިހުމާލުން ދަރިފުޅު މަރުވުމުން ބަދަލު ދީފި
ދެންމެ | 05 އޯގަސްޓް 2024

އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅެއް މަރުވި މައްސަލައެއްގައި ދައުލަތުން އެ ކުއްޖާގެ މައިންބަފައިންނަށް މާލީ ބަދަލު ދީފިއެވެ. މިކަން ހާމަވެފައިވަނީ ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު ޙުކުމަކުންނެވެ.

މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި އައިޖީއެމްއެޗުން ވަނީ އެ ފަރާތުގެ އިހުމާލުގެ ސަބަބުން ތުއްތު ދަރިފުޅު މަރުވި ކަމަށް އެއްބަސްވެފައެވެ. އެހެންކަމުން، ދެމަފިރިންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ މާލީ ބަދަލު ނަގައިދިނުމަށް އެދިފައިވެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ވަގުތު ސަލާމަތް ކުރުމަށްޓަކައި ދައުލަތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޯޓުން ބޭރުން ސެޓްލްމަންޓު އެގްރިމެންޓަކަށް ދިއުން ކަމަށް ފެނުނެވެ. އެހެންކަމުން، މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައިވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އަދަދެކެވެ. މި އަދަދަކީ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެއް ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމުގައި މާލީ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އާއިލާގެ އެދުމުގެ މަތިން ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން، ދެވުނު ބަދަލުގެ ސީދާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!