ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާ ގުޅިގެން އެގައުމަށް ޝެޑިއުލްކޮށްފައިވާ ދަތުރު މޯލްޑިވިއަނުން ކެންސަލްކޮށްފިއެވެ.
މޯޅްޑިވިއަނުން ބުނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ ގައުމަށް ފްލައިޓް އޮޕަރޭޓް ނުކުރެވިގެން މިއަދު ޑާކާއަށް ކުރަން ރާްވާފައިވާ ދަތުރުތައް ކެންސަލްކޮށްފައިވާކަމަށެވެ.އަދީ އެ ގައުމުގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަކަމާއި މި ދަނޑިވަޅުގައި ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަންގާޅުގައި މުޒާހަރާކުރާ މީހުން އެ ގައުމުގެ ބޮޑުވަޒީރު ހަސީނާގެ ރަސްމީ ގެކޮޅު އިއްޔެ ވަނީ ވަދަގެންފައެވެ. އެ ގެކޮޅަސް މުޒާހަރާކުރާ މީހުން ވަދެގަތުމުގެ ކުރިން ހަސީނާ ވަނީ ގައުމު ދޫކޮށް ފިއްލަވާ މަގާމުންް އިސްތިއުފާދެއްވާފައެވެ. އެނާ ފިއްލަވައިގެން ވަޑައިގަތީ އިިންޑިއާއަށެވެ.
މުޒާހަރާ ކުރާ މީހުންވަނީ ހަސީނާގެ ގެކޮޅުގައި ހުރި އޭނާގެ އަންނައުނާއި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއްވެސް ގެންގޮސްފައެވެ. އަދި ބަންގްލޭޝްގެ މިނިވަންކަމުގައި ބާނީ ހަސީނާގެ ބައްޕާފުޅު މުޖީބުއް ރަހްމާންގެ ހަދާނުގައި ހަދާފައި ހުރި ބިނާތައްވެސް ވަނީ ވައްޓާލާފައެވެ.