ފެނަކައިގެ ޗެއާމަނާއި ބޯޑުގެ ދެ މެންބަރަކު ވަކިކޮށްފި
ދެންމެ | 09 އޯގަސްޓް 2024

ފެނަކަ ކޯފަރޭޝަންގެ ޗެއާމަނާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކޮށްފި އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން ވަކިކޮށްފައިވަނީ އަހުމަދު އީހާބާއި އިބްރާހިމް ނާއިފެވެ. އެ ތިން މެންބަރުން ބޯޑުން ވަކިކުރިކަން އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ބޭފުޅުން ވަކިކުރި ސަބަބާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބަހެއް ނުލިބެ އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާ ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެއީ 2015 އިން 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ހަމައަށެވެ.

ޝަހީރު ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަ ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!