ބޭންކުތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަން ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކޮށްފި
ދެންމެ | 11 އޯގަސްޓް 2024

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުން، ބޭންކްތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތައް ރެގިއުލޭޓްކުރާ ގަވާއިދަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާހު ގެނެސްފި އެވެ.

އެ ގަވާއިދުގައި ކުރިން އޮތް ގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅެއް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތަކުގެ ބޯޑަށް ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ބޭފުޅާ ނުވަތަ ކެބިނެޓް މެންބަރެއް އައްޔަން ނުކުރެވޭނެ އެވެ.

މީގެ އިތުރުން ގާނޫނަކުން އުފައްދާފައިވާ މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއްގައި އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތަކުގެ ބޯޑަށް އައްޔަން ނުކުރެވޭ ގޮތަށް ވަނީ ގަވާއިދު އިސްލާހުކޮށްފަ އެވެ.

މި ގަވާއިދަށް އެމްއެމްއޭ އިން އިސްލާހު ގެނެސްފައިވާއިރު އެމްއެމްއޭ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމަށާއި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް ހެދުމަށްޓަކައި އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް އެ ބޭންކްގެ ބޯޑުން ނިންމީ އާ ގަވަރުނަރު އަހްމަދު މުނައްވަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންނެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!