ކޮފީ ގިނައިން ބޯ މީހުން ބޮޑެތި ބަލި ޖެހުން ދުރު: ދިރާސާ
ދެންމެ | 11 އޯގަސްޓް 2024

ވަރަށް ގިނަ ދިވެހިން ނިދާ ތެދުވެ ކޮފީ ބުޔުަކީ މިހާރުގެ އާދައެކެވެ. އެކަމުގެ ސަބަބުން ފެށުން ރަނގަޅުވެގެން ދާކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. އެފަދަ ޤަބޫލުކުރުންތަށް ކުރާ މީހުންނަށް އޮތް އުފާވެރި ޙަބަރަކީ ގިނައިން ކޮފީ ބޯނަމަ މީހާގެ އުމުރު ދިގުވާ ކަމަށް ދާދި ފަހުގެ ކުރެވުނު ދިރާސާއަކުން ދެއްކި ޙަބަރެވެ.

ދާދިފަހުން ކުރެވުނު 2 ދިރާސާއިން މިކަން ހާމަވިއެވެ. މި ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ދިރިއުޅުން ހުންނަގޮތާއި އެމީހުންގެ ޞިއްޙީ މަޢުލޫމާތުތަކާއި ކޮފީ ބޯ މިންވަރާއި މިފަދަ ގިނަ ކަންތައްތަކެއް ބެލެވިފައިވެއެވެ. 700،000 ކޮޕީ ބޯ މީހުން ހިމްނައިގެން ކުރި މި ދިރާސާގައި ދިގު މުއްދަތަކަށް މި މީހުންގެ ހަރަކާތްތައް މޮނީޓަރ ކުރިއެވެ. އެކި މީހުންނަށް ތަފާތު ވަށްތަރުގެ ކޮފީ ދިނެވެ.

މިދިރާސާ ކުރުމުގައި ހަރަކާތްތެރިވި އިސް އޮފިޝަލުން ހަމަކުރާގޮތުގައި ކެފޭއިން އަކީ ޞިއްޙަތަށް ގެއްލުން ހުރި މައްދާއެއް ނަމަ ވެސް އެއިން ވެސް ފައިދާ ކުރާކަން އެނގުނު ކަމަށެވެ.

ޔޫރަޕްގައި 16 އަހަރުން ދަށުގެ 500،000 ކުދިން ބޭނުންކޮށް ކުރި 2 ވަނަ ދިރާސާއިން އެނގުނު ގޮތުގައި ކުދިން ކޮފީ ބުއިމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ބަލިތައް ޖެހުން މަދުކަން އެނގުނެވެ. މީގެ އިތުރުން އެމެރިކާގައި 16 އަހަރުން މަތީގެ މީހުން ބޭނުންކޮށްގެން ހެދުނު ދިރާސާއިން ވެސް ކޮފީ ބޯމީހުން ހިތުގެ ބަލިތަކާއި ކެންސަރާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރު ބަލިފަދަ ބަލި ޖެހުން މަދުކަން އެނގިފައިވެއެވެ.

ކޮންމެ ދުވަހަކު 2 ނުވަތަ 3 ތަށި ކޮފީ ބޯމީހުން މަރުވާ މީހުންގެ ނިސްބަތް ލަސްކަން ފާހަގަ ކުރެވުނެވެ. އަދި ކޮފީބޯ އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގުކަން އެނގިގެން ދިޔައެވެ.

ކޮފީ ބޯމީހުންގެ މޭގަނޑު ރަނގަޅުވެ ހަކުރު އެއްވަރެއްގައި ހިފަހައްޓުމަށް އެހީތެރިވެދެއެވެ. ސިއްޙީ މާހިރުން މަޢުލޫމާތު ހަމަކުރާ ގޮތުގައި ކޮފީއަކީ އެހާގިނައިން ބުއިއުން ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. ދުވާލަކު 5 ތަށްޓަށްވުރެ ގިނައިން ކޮފީ ބުއިމަކީ ޞިއްޙަތަށް ގެއްލުން ހުރިކަމެކެވެ. ޞިއްޙީ ގޮތުން މައްސަލަ ހުންނަ މީހުން ކޮޕީ ބުއިން ރަނގަޅެއް ނޫނެވެ.

ކުރެވުނު ދިރާސާތަކުގެ އަލީގައި ބުނެވެން އޮތީ ގިނައިން ކޮފީ ބޯ މީހުން ޅައުމުރުގައި މަރުވުމުގެ ނިސްބަތް ދަށްކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!