ފަހާ ކޯހެއް ހިންގާނެ ފަރާތެއް ހޯދަން ބާރަށު ކައުންސިލުން އިއުލާން ކޮށްފި
ދެންމެ | 11 އޯގަސްޓް 2024

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މިއީ ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގާ ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯހެކެވެ.

މި ކޯސް ހިންގުމަށް އެކަމުގެ ފަންނުވެރިއެއް ހޯދަން ބާރަށު ކައުންސިލުން އިއުލާން ކޮށްފައިވާއިރު، އެ ކައުންސިލުން ބުނީ މިކަމަށް ހުށައަޅާ ލިޔެކިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާއި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހަރަދު ހިމަނަންވާނެ ކަމަށެވެ. އަދި ކޯހުގައި ކިޔަވައިދެވޭނެ ބައިވެރިންގެ އަދަދުވެސް ހިމަނަންވާނެ ކަމަށެވެ.

ބާރަށު ޑަބްލިޔުޑީސީން 2023 ވަނަ އަހަރު ހިންގި ފަހާކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ބާރަށު ކައުންސިލް

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ހުށަހަޅަންޖެހޭ ލިއުންތައް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެރަށުގައި ފަހާކޯހެއް ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!