މޫސުން ގޯސްވެ އޮރެންޖް އެލާރޓް ⚠️ ނެރެފި
ދެންމެ | 13 އޯގަސްޓް 2024

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް އަންގާ މުސޫމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރެފިއެވެ.

އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަަށެވެ. މި އެލާޓް ނެރެފައިވަނީ މެންދުރު 14:15 އިން އިރުއޮއްސި 18:15 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މާލެ އަތޮޅުން ފެށިގެން އދ އަތޮޅާއި ދެމެދުގައިވާ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ފެންބޮޑުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ވެރިރަށް މާލެއަށްވެސް މިއަދު 11:30 ކަންހާއިރުން ފެށިގެން ހުއްޓާ ނުލާ ބޯކޮށް އަންނަނީ ވާރޭ ވެހެމެމުންނެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވުން ސިފައިންނާއި ފުލުހުން ނިކުމެ އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ފަސްދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައާރާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!