އިންޑިޔާގެ މިނިވަން ދުވަހުގެ ތަހްނިޔާ ދިވެހިންގެ ފަރާތުން ރައީސް ފޮނުއްވައިފި
ދެންމެ | 15 އޯގަސްޓް 2024

އަވަށްޓެރި އިންޑިއާގެ 76 ވަނަ މިނިވަންދުވަހާ ގުޅިގެން އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިއާގެ މިނިވަން ދުވަހާއި ގުޅިގެން ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ގައުމުގެ ރައީސް ރަޝްތުރަޕާތީ ބަވަން އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމައި ގާތްގުޅުމުން ރާއްޖެއަށާއި މި ސަރަހައްދަށް ލިބުނީ އަމާންކަމާއި ތަރައްގީކަމަށްވެސް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ސަރުކާރުގެ އިސް މަގާމުތރަކެއްގައި ތިއްބެވި ބަޔަކު އިންޑީގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑު ކިޔާ ފުރައްސާރަކޮށް އެކްސްގައި ޕޯސްޓްތަކެއް ކުރުމުން ދެ ގައުމުގެ ގުޅުމަށްް ބުރޫއެރިއެވެ. އެއާއި އެކު އިންޑިޢާގައި ރާއްޖެއާއި ދެކޮޅު ކެމްޕެއިންތައްވެސް ކުރިއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އަވައްޓެރި އިންޑިއާ ބާކީ ނުކުރާކަމަށާއި މައާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރައީސް ޑރ، މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށާއި އެއީ ރިޔާސީ މެނިފެސްޓޯގައި ވެސް އިއުލާންކުރެއްވި ގޮތްކަމަށެވެ. އަދި އޭރުވެސް އިންޑިއާ ބާކީ ނުކުރައްވާ ކަމަށާއި މިއަދުވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެ ސިޔާސަތު ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!