ރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާ ދާއިރާތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ގައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި އަދި ދާއިރާއާ ގުޅޭ ބައިނަލް އަގްވާމީ ކޮންފަރަންސްތަކުގައި ދެޤައުމުން ގުޅިގެންބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާއެއް ކަމަށެވެ.
މިއީ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމާއި މީހުން ބިނާކުރަން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ.
އޭގެ އިތުރުން ދާއިރާއާ ގުޅޭ ބައިނަލް އަގުވާމީ ކޮންފަރަންސްތަކުގައި ދެ ގައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ވެސް މި އެމްއޯޔޫގެ ދަށުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.