ޗިއާ އޮށް ބުއިމުގެ ފައިދާ އިނގޭ ތަ!
ދެންމެ | 19 އޯގަސްޓް 2024

ޗީޑް ސީޑް މިއީ ބޭނުން ނުކޮށް ދޫކޮށްލާވަރަށް ވުރެ މާ ފައިދާ ބޮޑު އެއްޗެއްކަން އެނގޭތަ؟ ޗިއާ ސީޑަކީ ހަށިގަނޑައަށް ނުހަނު ގިނަ ފައިދާ އެކުލޭވޭ ވަރަށް ގިނަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ އޮމެގާ 3 ފެޓީ އެސިޑްސް ހައި ކޮލެޓީ ޕޮރޮޓީންސް، ޑައިޓަރީ ފައިބަރ، ވިޓަމިންސް، މިނެރަލް އަދި އެންޓި އޮކްސިޑެންޓްސް ހިމެނެއެވެ.

ޗިއާ ސީޑްގައި ހިމެނޭ އޮމެގާ 3 ގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެކި އެކި އިންފްލަމޭޝަން ދަށްކޮށް ބްލަޑް ސަރކިއުލޭޝަން އިތުރުކޮށް ކޮށްދެއެވެ. އަދި މިކަމުގެ ސަބުން އިސްތަށިގަނޑު ރީތިވުމަށް އެހީތެރިވެދެއެވެ. އަދި ޗިއާ ސީޑްގައި ހިމެނޭ ޒިންކް އަދި ކޮޕާގެ ސަބަބުން އިސްތަށި ފޭބުންވެސް މަދުކޮށްދެއެވެ.

ޗިއާ ސީޑްގައި ހިމެނޭ އަނެއް މުހިންމު މާއްދާ ޑައިޓަރީ ފައިބަރއަކީ ރަނގަޅު ގޮތުގައި ކާނާ މަޑުމަޑުން ހަޖަމު ކުރުމަށް ބާރު އަޅާ މާއްދާއެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުން ގުލުކޯޒް އުފައްދާ އަދަދު މަދުކޮށްދެއެވެ. އެހެންކަމުން ޗިއާ ސީޑަކީ ހަކުރު ބަލި ތަހައްމަލް ކުރާ ފަރާތްތަކުން ބޭނުންކުރުން ރަނގަޅު އެއްޗެކެވެ.

ދެ ސައިސަމްލުގެ ޗިއާ ސީޑުގައި ސްޕިނަޗް އަށް ވުރެ 3 ގުނަ އިތުރަށް ހަށިގަނޑަށް ބޭނުންވާ އަޔަން އެކުލެވެއެވެ. ދޮންކޭލުގައި ހުންނަ މިންވަރަށްވުރެ 64 އިންސައްތައަށްވުރެ އިތުރަށް ޕޮޓޭސިއަމް ހުރެއެވެ. ކިރުގައި ހިމެނޭ ވަރަށްވުރެ 5 ގުނަ ކެލްސިއަލް އެކުލެވިގެންވެއެވެ. ސަމަން މަހަށްވުރެ 100 ގުނަ އިތުރަށް އޮމެގާ 3 އެކުލެވެއެވެ.

ކޮންމެ ދުވަހު 2 ސައިސަމްސާ ޗިއާ ސީޑް ބޭނުންކުރުމުން ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ 20 އިންސައްތަ އަދި 32 އިންސައްތަ މެގްނީސިއަމް ލިބެއެވެ.

ޗިއާ ސީޑް ބޭނުންކުރަން އެންމެ ރަނގަޅު ވަގުތަކީ ހެދުނު ހުސްބަނޑާހުރެ ތާފަނާ ފެންފޮދަކަށް އަޅައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!