ރައީސް އިބްރޭ، މާލީ ގޮތުން އަވަދި ކޮށްލައި، ރައްޔިތުން ބަގުރޫޓް ކޮށްލައިފި: އަމުރް
ދެންމެ | 13 އޯގަސްޓް 2023

ރައްޔިތުންގެ އާމްދަނީ މިދަނީ ދުވަހެއް ދުވަހެއް ދަށަށްކަމަށާއި އެހެންވީމަ ރައްޔިތުން މިނޫން ގޮތެއް ހޯދަންޖެހޭކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންމޭޓް ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ކެންޕެއިން ދަތުރުތަކުގައި ރ އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުގައި ރ. ދުވާފަރު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

”ސަރުކާރަކުން އަންނަން ޖެހޭހީ ތިބޭފުޅުންގެ ލައިފްސްޓައިލް ނުނީ ދިރިއުޅުން ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯދައިދޭން“

އަމްރު ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރި ޒިޔާރަތްތަކުގައި ރަށްތަކުން ފެންނަނީ ފެންހޮޅިއެއް ވަޅުލަން ހަތަރު އަހަރު، ނަރުދަމާއެއް އަޅަން ފަސް އަހަރު، ތާރުކޮޅެއް އަޅަން ފަސް އަހަރު، އަދި ގިރާ ސަރަހައްދެއް ހިމާޔަތްކުރަން ހަޔާތެއް ނަގާތަންކަމަށެވެ.

”އެހެންވީމަ އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ބާރު ސްޕީޑެއްގައި ފުރަތަމަ ކަމަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން“

އަމްރު ވިދާޅުވީ އަމިއްލަ ފައިމައްޗައް ތެދުވެ މަސައްކަތެއް ކުރަން ބެލިއަސް ފެންނަނީ ހުރިހާ މަގެއް ބަންދުވެފައިވާތަން ކަމަށާއި އެޕާޓީން ބޭނުންވަނީ އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އިހު ޒަމާނުއްސުރެ އަމިއްލައަށް މަސައްކަތްކޮށް، ކައިބޮއި އުޅުނު ބައެއްކަމަށާއި، ސަރުކާރު އޮފީސްތަކުގައި ނުވަތަ ކުންފުނިތަކުގެ ކުޑަ ވަޒީފާއެއްގައި އަބަދު ތާށިވެފައި ހުންނާކަށް ނުޖެހޭކަމަށެވެ.

”ރާއްޖޭގެ ރައްޔިތުންނަކީ އެއައްވުރެ މަސައްކަތްތެރި ބައެއް“ އަމްރު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ދަޢުލަތުގެ އާމްދަނީއަކީ 7 ބިލިއަން ރުފިޔާކަމަށާއި ނަމަވެސް މިހާރު ދަޢުލަތަށް 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ އާމްދަނީ އެހާ ބޮޑުވީ ރައްޔިތުން ދައްކާ ޓެކްސްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެހާ ބޮޑު އާމްދަނީއެއް ލިބޭއިރުވެސް ދުވާފަރަށާއި އުނގޫފާރަށް ކޮށްދެވުނުކަމެއް ނެތް ކަމަށެވެ.

”ރައްޔިތުންގެ އާމްދަނީ މިދަނީ ދުވަހެއް ދުވަހެއް ދަށަށް. އެހެންވީމަ އަޅުގަނޑުމެން ޖެހޭ މިނޫން ގޮތެއް ހޯދަން“

އަމްރު ވިދާޅުވީ ޑިމޮކްރަކްޓުންނަށް މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބޮތްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!