ރައީސް ގޯޓާބަޔާ ރާއްޖެ ވަޑައިގަތުން، ސަރުކާރުން ހަނު.
ދެންމެ | 13 ޖުލައި 2022

ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އެ ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތް މައްސަލައިގާ ހަނު ތިބުން ފޮރިން މިނިސްޓްރީން ހިޔާރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މި މައްސަލައިގާ މިވަގުތު ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލަންކާގެ އަސްކަރީ ޖެޓެއްގައި ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުން ރާއްޖެ ވަޑައިގަތީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ރާއްޖެއިން ގޮތާބޭއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ގޮތާބޭ ފިއްލަވައިގެން މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެ ގައުމުގެ ރައްޔިތުންގެ ނިކުމެ ގޮތާބޭގެ ރަސްމީ އޮފީސް ވަނީ ހިސޯރުކޮށްފައެވެ.

އިގްތިސޯދީ ގޮތުން ގައުމު އިނދަޖެހި އާއްމު ޒަރޫރީ ބޭނުންތައްވެސް ރައްޔިތުންނަށް ފުއްދައިނުދެވޭ ހިސާބަށް ގައުމުގެ ހާލަތު ދިއުމުން ރައްޔިތުން މަގުތަކަށް ނިކުމެ އެ ގައުމުގެ ރަސްމީ އޮފީސްތަކާއި އިދާރާތައް ވަނީ ހިސޯރުކޮށްފައެވެ.

އެކަމާއި ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން ގޮތާބޭ އުޅުއްވީ ގައުމަށް ފިއްލަވައިގެން އަސްކަރިއްޔާގެ ހިމާޔަތުގައެވެ.

ދެ ފަހަރެއްގެ މަތިން ގައުމު ދޫކުރައްވައި ދުބާއީއަށް ދަތުރުކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެކަންކަން ވަނީ ފެއިލްވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!