ޕާސްޕޯޓް ބޭންކޮށް، އިސްރާއީލަށް ފުރަތަމަ އަމަލީ ގޮތުން ހަމަލާދިނީ ރައީސް ޑރ. މުއިއްޒުގެ އިރުސާދާއިއެކު ދިވެހިންނެވެ.
ނުފޫޒުގަދަ އެމެރިކާ އާއި އިސްރާއީލަށް ގޮންޖަހައި ދިވެހިން ދިން ހަމަލާގެ ނަތީޖާއަކީ މިއަދު އީރާންފަދަ އިސްލާމީ ގައުމުތަކަށް އިސްރާއީލާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުން ގެންދިއުމެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފަލަސްތީނާއި އިސްލާމީ ދުނިޔެ ފަހުރުވެރިވާ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ ފަލަސްތީން ހައްގުގައި އިސްރާއީލާއި ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ވަނީ އަޅާފަ އެވެ.
އެމެރިކާ އާއި ނުފޫޒު ގަދަ ގަމުތަކުގެ ކުރިމަތީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ އިސްލާމް ދީނުގެ ހައްގުގައި އާދަޔާހިލާފް ހިތްވަރެއް ދައްކަވައި ފަލަސްތީނުގެ ހައްގުގައި އިސްރާއީލަށް އެތައް ގޮތަކުން ހަމަލާދީފަ އެވެ.
ގުޅުންހުރި ލިޔުންތައް



