އިބޫ އާއި ނާން ގެ ’ރިޔާސީ ލޯބި‘ ފެށުނީ ޓީވީއެމް އެލްމަނާއީން ތަ؟
ދެންމެ | 30 ޖުލައި 2022

ރައީސް ސޯލިހާއި ޒުވާން ޖިންސުން ލަތީފަކާއި ލޯބީގެ ހާއްސަ ގުޅުމެއްގެ އޮންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް ސޯލިހްގެ ކުޑައިރުގެ ރަހްމަތްތެރިޔާ ވިދާޅުވުމާއި އެކު މުޅި ސޯސަލް މީޑިޔާ އާއި ނޫސްތައް އުތުރި އަރައިގެން ދިޔަ އެވެ.

ޒުވާން އެނަސީބު ގަދަ ޖިންސުން ލަތީފަކީ ކޮން ކަބަލެެއްތޯ؟ ސުވާލު އުފެދިފައި ވަނިކޮށް، ސޯސަލް މީޑިޔާގައި ވަނީ ދޮންބައްޓެއް ފަދަ ޖާޒުބީ އަސަރުން ފުރިގެންވާ ޒުވާން ޖިންސުން ލަތީފެއްގެ ހިތް ޖެހި ފޮޓޯ ރައީސް ސޯލިހާއި އެކު ދައުރު ކުރަންފަށާފަ އެވެ.

ރައީސް ސޯލިހާއި އެކު ލޯބީގެ ހާއްސަ ގުޅުމެއް ބަދަހި ކޮށް، ނަސީބު ހާސިލް ކޮށްފައިވާ ކަމަށް ސޯސިއަލް މީޑިޔާއިން މައުލޫމާތު ލިބިފައި ވަނީ ކުރިން ދިއެފްއެމް އާއި ޓީވީއެމްގައި ވެސް ޕްރޮޑިއުޝަރ އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަަސައްކަތްކޮށްފައިވާ ނާޒިޔާ މުހައްމަދު (ނާނު) ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބޫ އާއި ނާނުގެ ރިޔާސީ ލޯބީގެ މިލްޖޫލުވުން ފެށިގެން ގޮސްފައި ވަނީ ޓީވީއެމްގެ ކުރީގެ މުވައްޒަފުން ގާއިމްކޮށްފައިވާ އެލްމަނާއީގެ ތެރެއިންނެވެ. މީގެ އިތުރުން މިގުޅުން ކުރިއަށް ގެންދެވުމަށް މަގުފަހިކޮށްދީ ކަނދު ފޮއްޗެއްގެ ރޯލް މަޖިލިސް މެމްބަރ އާޒިމް އަދާކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ނާނުއަށް ދަތިނުވާނެ ފަދަ އިން އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އޮންނަނީ މުލިޔާގޭ ޗީފް އޮފް ސްޓަރފް އާދަންބެ އާއި ހަވާލު ކުރައްވާފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރައީސް އިބޫ އާއި ނާނުގެ ގުޅުން ބަދަހިވެ ދެ ބޭޅުންގެ ހިތުގައި ޖަޒްބާތީ ރާޅުތަކުގެ ބާނިތައް އުތުރި އަރާފައިވާ ކަމަށް ނާނުގެ ބައެއް ރަހްމަތްތެރިންނާއި ވެސް ނާނު ހިއްސާކޮށްފައިވާ ކަމަށް ވެސް ވެއެވެ. މިގޮތުން ކައިވެނި ކުރުމަށް ވެޑިންގ ޑްރެސް ފެހުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް އިބޫ އާއި ނާނުގެ އިސްގީ ކަނޑުގައި ވެސް އެހެން ލޯބި ވެރިންނެކޭ އެއްފަދައިން ދެ ބޭފުޅުން ދެބޭފުޅުންނަށް ތުއި ދެެއްކުމާއި ފަރި ދެއްކުމާއި ލޯބި ކުރުމާއި ސަޕްރައިޒް ދިނުންވެސް އޮވެ އެވެ. މިގޮތުން ދެބޭޅުން އެކުގައި ޓީވީއެމްގެ އޭރާއި މިހާރުގެ ބައެއް ބޭފުޅުންނާއި އެކު، އެކިއެކި މުނިފޫހި ފިލުވުމުގެ ހަރާތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަވަ އެވެ.  މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ނާނު އިންތިޒާމްކޮށް އިބޫ ބައިވެރިވެ ވަޑައިގެންނެވި ރިޔާސީ ލޯބީގެ މަސްދަތުރެވެ. ރައީސް އޮފީސް ކުރިމަތިން މަސްދަތުރަށް ލޯޗްގައި ފުރައިވަޑައިގެންނެވި ނަމަވެސް މަސްވެރިކަމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދޯންޏެއްގަ އެވެ.

މި މަސްދަތުރުގައި ޕީއެސްއެމްގެ ޑީއެމްޑީ ސަމީމާއި ބޯޑު މެމްބަރު މުހައްމަދު އާސިފާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވެސް ބައިވެރިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބި އެވެ. މީގެ އިތުރުން ފެންޓަސީގެ ކައިރީ ފަރީދީ މަގުގައި ހުންނަ ރަތްވިލާގޭ ޓެރަސްގައި ދެ ބޭފުޅުންނަށް ހާއްސަ ކުރެވިގެން ކުރިއަން ގެންދިޔަ ހާއްސަ އަރަބިކް ޕާޓީ ނައިޓް ވެސް ފާހަގަ ކޮށްލެވެ އެވެ.

އިބޫ އާއި ނާނުގެ އިސްގީ ލޯބި އުތުރި އަރާފައިވާ ކަމަށް ސޯސިއަލް މީޑިޔާގައި ވާހަކަ ދެކެވޭއިރު، ދެ ބޭފުޅުން އެކުގައި ވަރަށް ގިނައިން އާރަށަށް ވަޑައިގެން އުޅުއްވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

އިބޫއަށް ނާނުގެ އެންމެ ކަމުދާ އެއްސިފަ އެއްކަމަށް ފާހަގަކޮށްފައި ވަނީ ވާތު ކޮލުގައި ހިނިތުންވުމުން އުފެދޭ ހާއްސަ އަނޑިކޮޅު ކަމަށް ދެބޭފުޅުންގެ ގާތް ބޭފުޅުން ހިއްސާ ކުރައްވަ އެވެ.

ރައީސް އިބޫ ޒުވާން އަންހެން ކަނބަލަކާއި ހިތްޕުޅު ހަމަކުރައްވާފައިވާއިރު، ކުރީގެ އެމެރިކާގެ ރައީސް ބިލްކުލިންޓަން ވެސް ވަނީ ވެރިކަމުގެ ދުވަސްވަރު ރިޔާސީ ގަނޑުވަރުގެ މުވައްޒަފެއް ކަމުގައިވާ މޮނިކާ ލުވިންސްކީ އާއި ލޯބީގެ ގުޅުމެއް ބާއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!