ރައީސް ސޯލިހް ނާނު އާއި ކައިވެނި ކުރުމަށް މުސްތަފާ ގޮވާލައިފި
ދެންމެ | 31 ޖުލައި 2022

ރައީސް ސޯލިހް ލޯބީގެ ގޮތުން ގުޅިވަޑައިގެންފައިވާ ނާޒިޔާ މުހައްމަދު (ނާނު) އާއި ކައިވެނި ބައްލަވައި ގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ މުހައްމަދު މުސްތަފާ ގޮވާލައްވައިފި އެވެ.

ތިމަރަފުށީ މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރާާއްޖޭގެ ވަލީއުލް އަމުރުގެ މަގާމްގައި ހުރެ ޒުވާން ކަނބަލެއްގެ އިއްފަތްތެރިކަން ނަގާލައި ދޫކޮށްލައި ދޫކޮށްލާން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކުއްޖާ އާއި ރައީސް ސޯލިހް ކައިވެނި ބައްލަވައިނުގެންފިނަމަ އެކުއްޖާގެ ހަޔާތަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށެވެ.

މުސްތަފާ މިމޭރުމުން ޓުވީޓު ކުރައްވާފައި މިވަނީ ޒުވާން އަންހެން ކަނބަލަކާ ރައީސް ސޯލިހް ހިތްޕުޅާ ހަމަ ކުރައްވާފައިވާ ކަމަށް ރައީސް ނަސީދު ވިދާޅުވާނި ކޮށެވެ.

ސޯސިއަލް މީޑިޔާ އާއި ނޫސްތަކުން ވެސް ދަނީ ރައީސް ސޯލިހާއި ނާނު އާއި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް