ޑެޕްއަށް ލާރި ދައްކަން އެމްބަރ ހާޑް އޭނާގެ ގެ ވިއްކާލައިފި.
ދެންމެ | 02 އޯގަސްޓް 2022

ޖޯނީ ޑެޕްއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެމްބަރ ހާޑް އޭނާގެ ގެއެއް ވިއްކާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބަރ ހާރޑް ވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އޭނާގެ އަމިއްލަ ގެއެއް 1.05 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މި ގެ ވިއްކާލައިގެން އޭނާ އަށް ވަނީ ގާތްގަނޑަކަށް ފަސް ލައްކަ ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. މިއީ މީގެ ތިން އަހަރު ކުރިން ހާޑް ގަތް ގެއެކެވެ.

ޑެޕްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10.35 މިލިއަން ޑޮލަރު އޭނާ އަށް ދީފައިވާއިރު، ހާޑް ވަނީ އޭނާ ހުށައެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ކާމިޔާބުކޮށް، ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހޯދާފައެވެ.

ޑެޕް އާއި ދެކޮޅަށް މީސްމީޑިޔާގައި އެންމެ ފުރަތަމަ ވާހަކަތައް ފަތުރާފައި ވަނީ ހާޑްއެވެ. އޭނާ ތުހުމަތު ކުރަނީ ޑެޕް އަކީ އޭނާ އަށް ވަރަށް އަނިޔާވެރި އަދި ނުލަފާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ކޯޓުގައި މި މައްސަލަ ބަލައި ދެފަރާތުން ހުށައެޅި ހެކިތަކަށާއި ދައްކާފައި ހުރި ވާހަކަތަކަށް ބަލައި މައްސަލަ ނިމުނީ ޑެޕް އާއި އެއްކޮޅަށެވެ.

ކޯޓުގައި ޑެޕް އާއި ދެކޮޅަށް މައްސަލަ ޖައްސައި ޑެޕްގެ އަގު ވައްޓާލަން ކުރި ހުރިހާ މަސައްކަތެއްގެ ބަދަލު ހޯދުމަށް ޑެޕް މަސައްކަތް ކުރިއެވެ. އަދި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ހާޑްއަށް ޖެހުނީ ޑެޕްއަށް ބަދަލެއްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދޭން ޖެހިފައެވެ.

36 އަހަރުގެ ހާޑް އޭނާގެ އިންސްޓަގްރާމްގައި ބުނެފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާ(ޑެޕް) ކޯޓުގައި އޭނާއާ އެއްކޮޅަށް މައްސަލަތައް ނިންމީ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!