ފިރިމީހާގެ ފޯނު ޕާސްވޯޑް ނުދީގެން ފާފަވެރިވެ، ވަރި ވާނެ ކަމަށް ނުބުނަން: އަލީ ޒާހިރު
ދެންމެ | 02 ސެޕްޓެމްބަރ 2022

ފިރިމީހާގެ ފޯނު ޕާސްވޯޑް ނުދީފި ނަމަ ފާފަވެރިވެ ވަރިވާނެ ކަމަށް ނުބުނާ ކަމަށާއި ދައުރު ކުރަމުންދާ ސްކްރީން ސޮޓަކީ އަސްލެއް ނޫން ކަމަށް ސެއިހް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު ވިދާޅުވީ މި ސްކްރީން ސޮޓާއި ބެހޭ ގޮތުން ވަރަށް ގިނަ ބޭފުޅުން ސުވާލް ކުރަމުންދާ ކަމަށެވެ.

”އަޅުގަނޑުގެ ފޮޓޯ އަކާ އެކު ދައުރު ވަމުންދާ މި ސްކްރީންޝޮޓާ ބެހޭގޮތުން ވަރަށް ގިނަ ބޭފުޅުން ސުވާލުކުރައްވާތީ ދަންނަވަމެވެ. މީގައި މިވާ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިންދުވަހު ކަމާއި ހަތަރުވަނަ ދުވަހަށް އިރު އޮއްސުމުން ފާފަވެރި ވާނެކަމާއި ހަތަރު ވަނަ ދުވަހަށް އިރު އެރުމުގެ ކުރިން ޕާސްވޯޑް ނުދީފި ނަމަ ވަރިވީކަމަށް ލިޔެފައި އޮތް ވާހަކަ އަކީ އަޅުގަނޑާ ގުޅުންހުރި ވާހަކައެއްނޫނެވެ. އަޅުގަނޑު ބުނި ވާހަކައެއްވެސް ނޫނެވެ. އަދި މިއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއްވެސް ނޫނެވެ. އެހެންކަމުން މީހުންނަށް ކަންކަން އޮޅޭގޮތަށް ޕޯސްޓްތައް ހަދައިގެން ނުފެތުރުމަށް ނަސޭހަތްތެރި ވަމެވެ.“

ސޯސިއަލް މީޑިޔާގައި ދައުރު ކުރަމުންދާ ސްކްރީން ސޮޓްގައި ބުނެފައި ވަނީ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިންދުވަހު ކަމާއި ހަތަރުވަނަ ދުވަހަށް އިރު އޮއްސުމުން ފާފަވެރި ވާނެކަމާއި ހަތަރު ވަނަ ދުވަހަށް އިރު އެރުމުގެ ކުރިން ޕާސްވޯޑް ނުދީފި ނަމަ ވަރިވީކަމަށެވެ.

އަލީ ޒާހިރު ވަނީ ކަންކަން އޮޅޭ ގޮތަށް މިފަދަ ވާހަކަތައް ނުފެތުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!