ހިންނަވަރު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް އުއްޗު 75000 ރުފިޔާ ހުށަހަޅައިފި
ދެންމެ | 09 ސެޕްޓެމްބަރ 2022

ފާދިއްޕޮޅު ހިންނަވަރުގައި މިހާރު ކުރިއަށްދާ ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ބޮޑު ފައިސާގެ އިނާމެއް ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެމްޕިއަން ޓީމަށް އުއްޗު ވަނީ -/75000 ރުފިޔާ ހުށަހަޅުއްވާފައެވެ. ޗަމްޕާބްރަދާސްގެ ނަމުގައި ދެއްވާ އެއިނާމުގެ އިތުރުން މުބާރާތް އިންތިޒާމް ކުރަން ވެސް އުއްޗުގެ ކުރެއްދޫ ރިސޯޓުން ވަނީ -/50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅުއްވާފައެވެ.

ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕަކީ ހިންވަރު ހިރިޔާ ޖަމިއްޔާ އާއި ރަށު ކައުންސިލް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ހިންނަވަރު ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ފައިނަލް މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިހާރު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!