އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރިން، ފުލުހުންގެ ތެރެއިން އުފެއްދުން: ރައީސް
ދެންމެ | 29 މާރޗް 2026

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރިން އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރިންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރިންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން ކަމަށެވެ.

މިއަދަކީ މި ގައުމަށްޓަކައި ރެ އާއި ދުވާލު ހިންމަތާ އެކު ހިދުމަތްކުރަމުން އަންނަ ނޫ ލަޝްކަރުގެ ދުވަސްކަން ފާހަގަ ކުރައްވައި ރައީސް ވަނީ ފުލުހުންގެ ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އެ ފުލުހެއްގެ އާއިލާއަށް ތަހުނިޔާ އާއި ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ގައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށް ވެސް އަމާންކަމާއި އިތުބާރު ރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ގާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށިގެން އައީ މާޗް 29، 1933ގަ އެވެ. އެ ދުވަހު ސިފައިންނާއި ފުލުހުން ވަކިކޮށް ފުލުހުންގެ ހާއްސަ ފޯސްއެއް އުފެއްދި އެވެ. އެ ހިދުމަތް ފެށީ އެންމެ 120 އޮފިޝަލުންނާ އެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!