އަދުރޭ އަކީ ހިޔަޅެއް، ރައީސް ޔާމީން ހައްޔަރުކޮށް، ވެރިކަމަށް ހުރީ ކެތް މަދުވެފައި: ޗީފް މުސްތަފާ
ދެންމެ | 23 ސެޕްޓެމްބަރ 2022

ޕީޕީއެމް, ޕީއެންސީ ލީޑަރސިޕުން ވެސް ރައީސް ޔާމީން ޖަލަށް ލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީން އެންމެ އަރިސް އަދި އެމަނިކުފާންގެ ހަޒާންދާރު އަހުމަދު މުސްތަފާ ތުހުމަތު ކުރައްވައިފި އެވެ.

’ދެންމެ‘ ނޫހުން ޕީއެންސީގެ ރައީސް އަދުރޭ އާއި ރައީސް ޔާމީނާއި ގުޅުން ގޯސްވެ އަދުރޭ އެހެލައިފައިވާ ކަމަށް ރިޕޯޓް ކުރުމުން ކޯލިޝަނުން ބަޔާނެއް ވެސް ނެރެފައި ވަނިކޮށް, ރައީސް ޔާމީންގެ އެންމެ ގާތް މަގާމް އަދާކުރައްވާ މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކައިރީގައި ތިބި ހިޔަޅުތައް ކުރިކާލި ކަޑާލަ ކަޑާލައި ތިބީ ސިންގާ ޖަލަށް ލުމަށް ކަމަށެވެ.

“މަތިން، މިނިކާ ބާޒުތައް، ތިރިން ހިޔަޅުތައް ކުރިކާލީކަނޑާލަ ކަނޑާލަ، މިތިބެނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފާ ހައްޔަރު ކުރެވޭތޯ ބަލަ ބަލައެވެ! ނިކަންބާރަށް ސިންގާގެ މައްޗައް ޖެހިގަނެ، ވެރިވެގަނެވޭތޯއެވެ!“ ރައީސް ޔާމީންގެ ޗީފް އޮފް ސްޓަރފް މުސްތަފާ ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނާއި އަދުރޭގެ ގުޅުން އިންތިހާއަށް ގޯސްވެ ޕާޓީގެ ހަރަކާތްތަކުން ދުރުވެ އަދުރޭ މިހާރު އުޅުން ވަމުން ގެންދަވަނީ ވިޔަފާރިއެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ލ. އަތޮޅުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމް އަތުން ފައިސާ ނަންގަވާ އެސްއެމްއީ ބޭންކުން ތިން މިލިޔަން ރުފިޔާގެ ލޯނެއް ނެންގެވި ކަން ފަޅާ އަރައި އަދުރޭ އެކަހެރިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

 

ގުޅުންހުރި ލިޔުންތައް
  1. މުގާބެ

    އަދުރޭހުރުމުން ޕާޓީއެއް އޮތީވެސް އަދިވެސް ވާނީ އަދުރޭއަކީ ޔމީނައް ތެދވެރި ވަފާތެރިއަކައް އަދުރޭ
    ނެއްނަމަ ތިންއަހަރު ތެރޭ ޕީޕީ އެމް ޕީއެންސީއެއް
    ނޮއޮއްނާނެ

  2. ޜަނަގަލު

    ޕޕމ ވެސް އެބަ ރަނގަޅުވޭ…… ތިހެން ޖެހޭނެ ސްޓަންޓު ޖައްސަން…..

  3. ސިންގާސަނާ

    ވީއިރު ސިންގާ ތަހުތައް ވެރިވެއްޖެނަމަ ރައްޔަރުން ކައި ހުސްކުރާނެތާ !

  4. އަޙުމަދު.

    ޙިޔަޅަކީ ކާކުކަމެއް ނޭންގުނު. ޢެކަކީ ސައުދީން ދިވެހި ސަރުކާރަށް ހަދިޔާކުރެއްވި ކާރެއް އަމިއްލަ ކޮށްގެން އުޅުނު މީހެއް. ޢަނެކަކީ ޓިނުކޮޅަކާ ފައިސާކޮޅަކާ މިހެންގޮސް އަދަދު ނުކުރެވޭހާ ގިނަ ތަކެތި ނަހަމަ ގޮތުގަ ހޯއްދެވި ބޭފުޅެއް.

  5. އަސްމާ

    ޟޮޅުވާހަކަ ދައްކާފަ ޕާޓީތެރެ ގަޑުބަޑުކުރަނީ މެޑަމް ފާތުމަ ފެކްޝަންގެ ބައިގަނޑު މިހާރު ބޭނުންކުރަނީ ޒައިންގެ ބޮލަލަށް ހުތްޖަހާގެން އެކަމުގެ އަޑީގަ ތިބީ މުސްތާފާ ކަލެޔާ ޝަވީދު އަދި ޖަމީލު މީވަރަށް އެގިހުރެ ބުނާއެއްޗެއް

  6. ޢާރިފް

    ތިވާނި ރިޔާސީ ކެމްޕޭނަށް ފައްކާ ކުރަނި ކަމުގައި!

  7. ޢަމްސޫދާ

    ޢާނ އަދުރޭ އަކީ ހަމަ ހިޔަޅެއް. ލާހިކެއް ނޯން ރައީސް ޔާމީނާ ކުޅެލާކަށް