ޕޯޗްގަލާއިއެކު ރޮނާލްޑޯގެ މުސްކުޅި ’ގޯޓް‘ ސުޕެއިނުން ކަތިލައި ވޯލްޑްކަޕުން ބޭރުކޮށްފި
ދެންމެ | 07 ޖުލައި 2026

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޮނާލްޑޯގެ ޕޯޗުގަލް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އިތުރު ވަގުތާ ދިމާލަށް ދަނިކޮށް، 91 ވަނަ މިނެޓުގައި ސްޕެއިނަށް ގޯލް ޖަހައިދީ، އެޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދިނީ މިކޭލް މެރީނޯއެވެ. ފެރާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު މެރީނޯ ފޮނުވާލީ ސީދާ ކަނަށެވެ.

މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. ރޮނާލްޑޯއަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އުމުރުން 41 އަހަރުގައި މިހާތަނަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.

ވޯލްޑް ކަޕް ކާމިޔާބުވިޔަސް ނުވިޔަސް އޭނާގެ ތާރީހި ކެރިއަރަށް ބަދަލެއް ނާންނާނެ ކަމަށާއި، މިއީ އޭނާގެ ކެރިއަރުގައި އެންމެ އުފާވެރި އަދި ޖަޒުބާތުން ފުރިގެންވާ އެއް މުބާރާތް ކަމަށް ރޮނާލްޑޯ އިއްޔެ ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!