އެމެރިކާއަށް ހަނގުރާމައިން ލިބޭ ގެއްލުން ވަރަށް ބޮޑު، ހުރިހާ އަސްކަރީ ބޭހެއް އީރާނުން ފުޑާލައިފި: ސެންޓްރަލް އިންޓަރލިޖެންސް
ދެންމެ | 20 ޖުލައި 2026

ހަތިޔާރު މަދުވުމާއި ހަނގުރާމައިގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އީރާނަށް ދޭ ހަމަލާތައް ފުޅާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ރޭވުންތަކަށް ހުރަސް އެޅިފައިވާ ކަމަށް ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާއާއި އީރާނުން ކުރަމުން އައި ހަނގުރާމަ ހުއްޓާލަން ޖޫން މަހު ހެދި އެއްބަސްވުން ނިމުމަކަށް އައިސް، އީރާނާއި އެމެރިކާ އިން ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. މިގޮތުން އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދެމުން އަންނައިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ތަންތަނަށް ވަރުގަދަ ހަމަަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ތަންތަނަށް ގެއްލުންތަކެއްވެސް ލިބެމުންދާއިރު، އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދެމުން އަންނަތާ އަށް ދުވަސް ވަނީ ވެފައެވެ.

އެމެރިކާގެ އޮފިޝަލަކު ދަ ވޮޝިންޓަން ޕޯސްޓަށް ބުނީ އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާއިން ޕްލޭންތައް ހަދަމުން ދިޔަ ނަމަވެސް، ހަތިޔާރު މަދުވުމުގެ އެމެރިކާއިން އެކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

”އެމެރިކާއިން ރާވަނީ މިއަށްވުރެ ފުޅާ ހަނގުރާމައެއް ކުރިއަށް ގެންދަން،“ އޮފިޝަލް ބުނެފައި ވެއެވެ. އޮފިޝަލް އިތުރަށް ބުނީ އެމެރިކާއިން މެދުއިރުމައްޗަށް އިތުރު އަސްކަރީ މަތިންދާބޯޓުތައް ފޮނުވަމުންދާ ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ޕެންޓަގަން އަށް ދަތިތަކެއް ކުރިމަތިވާނީ އެއާ ޑިފެންސް އާއި ދުރު ރާސްތާގެ މިސައިލްތަކުގެ ސްޓޮކް އެކަށީގެންވާ ވަރަށް ނެތުމުންނެވެ. އަދި އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ހަނގުރާމައަށް އިތުރު ސިފައިން ގެނައުމުގެ ގާބިލްކަން ވެސް ދަށް ކަމަށްވެސް ބުނެފައި ވެއެވެ.

”އަހަރުމެންގެ އަތުގައި ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ދެމެހެއްޓޭވަރުގެ އެއްޗެއް ނެތް. ވައިޓް ހައުސްއަށް އެކަން އެނގޭހެން ހިއެއް ނުވޭ،“ އޮފިޝަލް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!