މާފުށީ ބޭރުގައި އޮންނަ ’ނާޗަރަންގީ ބަނގުރާ ބޯޓް‘ އެރަށު ތޮށިމައްޗަށް އުރި ކުދިކުދި ވެއްޖެ
ދެންމެ | 31 ޖުލައި 2026

ކ. މާފުށީގައި ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެރަށު ތޮށިމައްޗަށް އުރިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަައެވެ.

މާފުށިން “ވަގުތު” އަށް މައުލޫމާތުދިން މީހަކު ބުނީ، ހާދިސާ ހިނގާފައިވަނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިބާރުވެ، ރަށު ބޭރުގައި އަޅާފައި އޮތް އެ ސަފާރީގެ ނަގިލި ކަނޑައިގެން ގޮސްގެން ކަމަށެވެ.

ނަގިލި ކަނޑައިގެން ގޮސް، މާ ގިނައިރުތަކެއް ނުވަނީސް އެ ސަފާރީ ރަށު ބަނދަރުގެ ތޮއްޓަށް އުރިފައިވާއިރު، ތޮއްޓަށް އުރުނުތާ 30 މިނެޓު ތެރޭގައި ސަފާރީ އެއްކޮށް ކުދިކުދިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާދިސާ ހިނގި ވަގުތު ސަފާރީގައި 5 މީހުން ތިއްބެވެ. އެއީ ލަންކާއާއި ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ސަފާރީ ފަރަށް އެރުމާއެކު އެ 5 މީހުން ވެސް ފަތާފައި މާފުއްޓަށް ވަނީ އަރާފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!