ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ފެސިލިޓީ ގާއިމްކުރުމަށް ހުޅުމާލޭ ސަހަރާ ކައިރިން ބިމެއް އައިޖީއެމްއެޗްއަށް ހަމަޖައްސައިދީފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޕޯސްޓްމޯޓަމް ފެސިލިޓީ ގާއިމްކުރުމަށް އައިޖީއެމްއެޗްއަށް ބިން ހަމަޖެއްސާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރިން ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ފެސިލިޓީ ގާއިމްކުރުމަށް ބޭނުންވާ ޑިޒައިންގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ހަލީމް ވިދާޅުވި އެވެ.
މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު އާންމުކޮށް، ގެޒެޓުކުރީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ގަވައިދުގެ ދަށުން
ހަ ބާވަތްތެއްގެ މަރުގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި، އަދި މަރުވި ފަރާތުގެ އާއިލާގެ ހުއްދައެއް ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ދީފައި ވެއެވެ.



