ހަތިޔާރު މަދުކަން ލީކްކުރި ފަރާތްތައް ޖަލަށް ލާނަން: ޓްރަންޕް
ދެންމެ | 07 އޯގަސްޓް 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ހަތިޔާރު މަދުވެފައިވާ ކަމަށް ބުނެ މީޑިއާއަށް މައުލޫމާތު ދިން ފަރާތްތައް ހޯދައި ޖަލަށްލާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މީގެ އިތުރުން، ހަތިޔާރު މަދުވުމުގެ މައްސަލައިގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ހަބަރުތައް ދޮގުކުރައްވައި، ޓްރަމްޕް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

 

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭމްޕް ޑޭވިޑްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ހަތިޔާރު މަދުވެފައިވާ މައްސަލައިގައި ހެގްސެތްއާ ސުވާލުކުރައްވައިފައެވެ. އެ ނޫހުން ބުނި ގޮތުގައި، ހަތިޔާރުގެ މައްސަލަ ހައްލުވެފައިވާ ކަމަށް ޓްރަމްޕް ކުރިން ހީފުޅުކުރެއްވި ނަމަވެސް، އެކަމުގެ ސައްހަ މައުލޫމާތު ލިބިވަޑައިނުގަތުމުން އެމަނިކުފާނު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ހަތިޔާރު މަދުވުމުގެ ސަބަބުން އީރާނަށް ދޭން ރާވާފައިވާ ބޮޑެތި ހަމަލާތަކެއް މަޑުޖައްސާލަން ޖެހުނު ކަމަށް ވެސް ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

ނަމަވެސް، ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ގިނަ އަދަދެއްގެ ހަތިޔާރު އެބަހުރި ކަމަށާއި، އެމެރިކާގެ ތާރީހުގައި ވެސް ނުދެކޭހާ ގިނަ އަދަދަކަށް ދިފާއީ ކުންފުނިތަކުން ހަތިޔާރު އުފައްދަމުންދާ ކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދިން ފަރާތްތަކުން ދައްކާފައިވަނީ ގައުމަށް ގައްދާރުވުމުގެ ވާހަކަތަކެއް ކަމަށް ސިފަކުރައްވައި، އެ ފަރާތްތައް ހޯދައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާނެ ކަމަށް ޓްރަމްޕް އިންޒާރުދެއްވިއެވެ.

 

ހެގްސެތްގެ ދިފާއުގައި ޓްރަމްޕް ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް އަދި ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވެސް ވަނީ ޓްރަމްޕާއި ހެގްސެތްއާ ދެމެދު މައްސަލަ ޖެހުނު ކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވައި، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

 

ސީއެންއެން އަދި ރޮއިޓާސް ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ޕޭޓްރިއަޓް އަދި ތާޑް މިސައިލް ޑިފެންސް ސިސްޓަމްތަކުގެ އިންޓަސެޕްޓަރުތަކާއި، އޭޓީއޭސީއެމްއެސް މިސައިލްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން، ހަނގުރާމައިގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 850 އަށް ވުރެ ގިނަ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނު

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!