ރައީސް މުޢިއްޒަކީ މިފަދަ ބޭވަފާތެރި އަނިޔާވެރިއެއް ކަމަށް ކުޑަކޮށް ވެސް ހިއެއްނުކުރަން: ރައީސް ޔާމީން
ދެންމެ | 07 އޯގަސްޓް 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް، ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާ، އެމަނިކުފާނު ފަދަ، މީގެ ކުރިން ވެރިކަން ކުރައްވާފައި ހުރި ރައީސަކަށް ރައީސް މުޢިއްޒު އަނިޔާވެރިވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑެއް ޤަބޫލެއް ނުކުރަން ރައީސް މުޢިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް. ރައީސް މުޢިއްޒަށް ސަރުކާރު ހިންގުމުގެ ކަންކަން ނުކުރެވި ހިނގައިދާނެ…

ރައީސް ޔާމީން

 

”އަޅުގަނޑު ކައިރީ މަސައްކަތް ކޮށްފައި ހުރި ބޭފުޅެއް ރައީސް މުޢިއްޒަކީ. އަދި އަޅުގަނޑަކީ ރައީސްކަން ކޮށްފައި ހުރި މީހެއް. އެހެންވީމާ އަޅުގަނޑުމެން ވަރުގެ މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް އަޅުގަނޑު ހަމަ ޕާސަނަލީ ގަބޫލު ނުކުރަނީ. މުޢިއްޒު ކުރައްވަފާނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި. ދެން ފުރުސަތެއް ލިބުނަސް އޭނަ ކުރައްވަފާނެ. އެކަމު މުޢިއްޒު ނުކުރައްވާނެ ކަމަށް އަޅުގަނޑަށް ހަމަ ޤަބޫލު ކުރެވޭތީ އެހެން މި ދެންނެވީ.“

ރައީސް ޔާމީން

 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރުޅިވެރިކަން އޮތީ ހަމައެކަނި ރައީސް ޞާލިޙާ މެދުގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ދެން ރިޔާސީ އިންތިޚާބެއްގައި ރައީސް މުޢިއްޒާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާ އެއީ ”ވުމަށްވުރެ ދުރު ކަމެއް“ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި މަނީލޯންޑަރިންގ ގެ ދައުވާތައް އުފުލައި، އެކަން ސާބިތުވެގެން އެމަނިކުފާނު ޖަލަށް ލެވުނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނަށް ވާދަނުކުރެވުނީ އެ ސަބަބުތަކާހުރެއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބުވެޑައިގެންނެވުމުން ޔާމީން ގެއަށް ބަދަލުކު، މިހާރު ވަނީ މިނިވަންވެފައެވެ. ނަމަވެސް ޔާމީން އަންނަނީ އައު ޕާޓީއެއް އުފައްދަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!