އީރާނުން 15،000 ކިލޯމީޓަރުގެ މިސައިލާއިއެކު ޔޫރަޕުން ހަނގުރާމަ އާއި ގުޅިއްޖެނަމަ އަޅިއަށް ހަދާލާނެކަމުގެ އިންޒާރުދީފި
ދެންމެ | 14 އޯގަސްޓް 2026

އީރާނުގެ ސިޔާދަތަށް ނުވަތަ ދިފާޢީ ރައްކާތެރިކަމަށް ހުޅަނގުގެ އެއްވެސް ގައުމަކުން ނުރައްކާ ކޮށްފި ނަމަ، މުޅި ހުޅަނގުގެ ބާރުތައް އަޅިއަށް ހަދާލުމުގެ ފުރިހަމަ ގާބިލްކަން އެގައުމަށް ލިބިގެންވާ ކަމަށް ބުނެ އީރާނުން ދުނިޔޭގެ ސުޕަރ ޕަވަރުންނަށް ވަރުގަދަ ރަތް ސިގްނަލެއް ދީފިއެވެ.

 

އީރާނުގެ އަސްކަރީ މަތީ ކޮމާންޑަރުންނާއި ޙަވާލާދީ އިސްލާމީ ޖުމްހޫރިއްޔާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެގައުމުގެ މިސައިލް އަދި ނިއުކްލިއާ ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ ހަމައެކަނި އީރާނުގެ ދިފާޢަށް ހުރި ވަސީލަތްތަކެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން މެދުއިރުމަތީގައި ހިންގަމުންދާ ޝައިޠާނީ ނުފޫޒުތައް ދާއިމީކޮށް ނައްތާލުމަށް ޓަކައި ތައްޔާރު ކޮށްފައިވާ ހެސްކިޔާފަ ނުރައްކާތެރި އައްޑަނަ އެއް ކަމަށް ވެސް އީރާނުން ވަނީ ހާމަކޮށްފައެވެ.

މި ވަރުގަދަ އިންޒާރާއި އެކު އީރާނުން ވަނީ އެގައުމުގެ އެންމެ ފަހުގެ އަސްކަރީ އީޖާދުތަކާއި، ދުރު ރާސްތާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކުގެ ގާބިލްކަން ދުނިޔެ އަށް ދައްކާލާފައެވެ. ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކަކީ ބޭކާރު އެއްޗެއް ކަން ސާބިތުކޮށްދެމުން، އީރާނުން ބުނެފައި ވަނީ އެމެރިކާގެ އެންމެ އެތެރެކޮއިލާއި ޖަމަޔަށް ފޯރާނެ ފަދަ 15,000 ކިލޯމީޓަރުގެ މިސައިލް ޓެކްނޮލޮޖީ މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ. އެހެންކަމުން، އީރާނާއި ދެކޮޅަށް އެއްވެސް ކަހަލަ އަސްކަރީ ފިޔަވަޅެއް އެޅުމަށް ވޮޝިންގްޓަނުން ނުވަތަ އެމީހުންގެ ބައިވެރިން މަސައްކަތް ކޮށްފި ނަމަ، އެއީ މުޅި ހުޅަނގުގެ ބާރުތައް ދުނިޔޭގެ ޗާޓުން ފުހެވިގެންދާނެ ފަށައިގަތުމަކަށް ވާނެއެވެ.

 

އީރާނުގެ މި ޖެހިލުންކުޑަ ރައްދުގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަޙަށް ވަނީ ބޮޑު ސިހުމެއް ލިބި، ހުޅަނގުގެ ދިފާޢީ އިދާރާތައް ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓާލާފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ދުނިޔޭގެ އާ އަސްކަރީ ބާރެއްގެ ގޮތުގައި އީރާނުން ދައްކަމުންދާ ހަރުދަނާކަމުގެ ސަބަބުން، ކުރިން މެދުއިރުމަތީގެ ކޮންޓްރޯލް އޮތް ބާރުތަކުގެ ސިޔާސަތުތައް މިހާރު ވަނީ ކަކޫޖަހަން މަޖުބޫރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!