ފީފާގެ އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ނިންމީ މިއަދުއެވެ.
ފީފާގެ އެތިކްސް ކޮމިޓީން ނެރުނު ރަސްމީ ބަޔާނުގައިވާ ގޮތުން، ބައްސާމްގެ މައްޗަށް ނަހަމަ ގޮތުގައި ހިންގި މާލީ މުއާމަލާތްތަކާއި، މަނީ ލޯންޑަރިންގެ އިތުރުން ފީފާއިން ދިން ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ވަނީ ސާބިތުވެފަ އެވެ.
ގުޅުންހުރި ލިޔުންތައް


