އެމްއެންޕީ ވެރިކަމެއްގައި ފޯޅަވެހި ދިވެހި ދިދައިގެ ސިޔާދަތަށް ގެންނާނަން: ނާޒިމް
ދެންމެ | 25 އޮކްޓޯބަރ 2022

ނެސަނަލް ޕާޓީގެ ވެރިކަމެއްގައި (އެމްއެންޕީ) ވެރިކަމެއްގައި ފޯޅަވެހި ދިވެހި ދިދައިގެ ސިޔާދަތަށް ގެންނާނަނެ ކަމަށް އެޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މިސަރުކާރުން އަމިއްލަ ފައިދާއަށް ގައުމުގެ ބައިތައް ވިއްކަމުންދާ ވާހަކަ އާއި ދޭ ވާހަކަ އަޑުއިވެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެޕާޓީއަށް ފުރުސަތު ދެއްވައިފިނަމަ ގައުމުން އެންމެ އިންޗިއެއް ވެސް ގެއްލިގެން ދިޔަ ނުދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހްގެ ސިއްރު ސިޓީއަކުން ރާއްޖެއިން ބައެއް މޮރިސަސްއަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ އެތައް ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހެޅިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!