އެމްޑީޕީ އޮފީހަށް ވަދެވުމުން އުފަލުން މޫސައަށް ރޮވިއްޖެ
ދެންމެ | 09 ނޮވެމްބަރ 2022

އެމްޑީޕީގެ ކުރީގެ ޗެއަރޕާޝަން ރީކޯ މޫސާ މިނިކު މިއަދު އެމްޑީޕީ އޮފީހުގައި އުފަލުން ރޮމުންދާ މަންޒަރު ސޯސިއަލް މީޑިޔާގައި ދައުރުވާން ފަށައިފި އެވެ.

އެމްޑީޕީއިން މޫސަ ވަކިކޮށް ގިނަ ދުވަސްތަކެއް ވަންދެން ޕާޓީ އާއި ދުރުގައި ހުރުމަށް ފަހު މޫސަ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ ރޭ ގެ ވަގުތެއް ގަ އެވެ.

ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެންނެވި ކުޑަ ހަފްލާއެއްގައި މޫސަގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ޗެއަރޕާސަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލެވެ.

ރައީސް ސޯލިހް ވެސް ވިދާޅުވެފައި ވަނީ މޫސަ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!